Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ކެނަރީފުން ރާ ފުޅިތަކެއް ވަގަށް ނެގުމުން ހައްޔަރުކޮށްފި

އައްޑޫގައި ހިންގަމުން އަންނަ ކެނަރީފު ރިސޯޓުން ރާ ފުޅިތަކެއް ވަގަށް ނެގި މައްސަލައެއްގައި ރިސޯޓްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ރިސޯޓުން އިއްޔެ ހުޅުމީދޫ ފުލުހުންނަށް ރިޕޯޓްކުރި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާފުޅިތައް ވަނީ ހޯދައި އެ ރިސޯޓުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 23 އަދި 34 އަހަރުގެ ބިދޭސީ ދެ ފިރިހެން މުވައްޒަފަކެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ދީފައިވެ އެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.