Last Updated: May 11, 05:59
Sunday, May 11, 2025
ޚަބަރު

އެސްޓީއޯ އިން ދަގަނޑުގެ އަގު ހެޔޮކޮށްފި

މާލޭގައި ތަނެއް އިމާރާތް ކުރަނީ

އެސްޓީއޯ އިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ދަގަނޑުގެ އަގު މިއަދުން ފެށިގެން 14 ޕަސެންޓާ ހަމައަށް ހެޔޮވާނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނުއިރު ދަގަނޑުގެ އަގުތަކަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް އެސްޓީއޯ އިން ހާމަކުރެ އެވެ.

އެސްޓީއޯ އިން ބުނީ ސަޕްލައި ޗެއިނަށް ދިމާވި ދަތިތަކުން މިހާރު އަރައިގަނެވެމުންދާތީ އިމާރާތް ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތަކުގެ އަގުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.