Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ވަކިކުރަން ނިންމި މެޖިސްޓްރޭޓް އިސްތިއުފާ ދީފި

ޖިންސީ ގޯނާގެ މައްސަލައެއްގައި ވަކިކުރަން ނިންމި ދާންދޫ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ލުއައްޔު އިބްރާހީމް 1 ނޮވެމްބަރ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ލުއައްޔު އިބްރާހިމް އިސްތިއުފާ ދެއްވާފައިވަނީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ މައްސަލާގައި، އަދި އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ކޯޓުގެ ރަސްމީ ގަޑީގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤަށް ސާބިތުވުމާއި ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

މީގެ އިތުރުންވެސް، އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ އިތުރު 1 ޝަކުވާ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމުންދާ ކަމަށާއި، އެއީ، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވާ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން މައުލުމާތުދެއެވެ.