Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ކެންދޫ ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 41.1 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏަށް ހަވާލުކޮށްގެން ކުރޮއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 803 މީޓަރުގެ ސަަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މި މަޝްރޫއުގެ ސަބަބުން މުޅި ކެންދޫ ގޮންޑުދޮށް އެއްކޮށްހެން ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.