Last Updated: May 5, 13:23
Sunday, May 5, 2024
ކުޅިވަރު

ހަތަރު ފުޓްސަލް ދަނޑެއް ހަދަން އެމްއާރްޑީސީ އަށް

މީދޫ ދަނޑުގައި ވިނަ ހެއްދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް

ސަރުކާރުން ހިންގާ ސްޕޯޓްސް އެރިނާ ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި ފުރަތަމަ ގާއިމް ކުރާ ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރުމަށް މޯލްޑިވްސް ރޯދް ޑިވެލޮޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްއާރްޑީސީ އާއި އެކު އެއްބަސްވެފައި ވަނީ މީދޫ، ހުޅުދޫ، މަރަދޫގެ އިތުރުން ހިތަދޫގައި ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށެވެ.

މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އެމްއާރްޑީސީގެ ފަރަތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ނަދީމް އެވެ.

މަލީހް ވިދާޅުވީ ފުޓްސަލް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން ޕިޗް އެޅުމުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ފުރިހަމަކުރަން ޖެހޭނެކަމަށް މަލީހް ވިދާޅުވިއެވެ.