Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވާން ޖެހޭ: ޖަމީލު

ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރުމުގެ އަޒުމް އާލާކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހާ ގުޅުވައިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދުވަސް ސާބިތުކޮށް ދެނީ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ޝަހީދުވާން ތައްޔާރުކަން ކަމަށެވެ.

"ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާފައި." ޖަމީލު ވިދާޅުވި އެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަކުރަނީ 1988 ގައި ދިވެހިންގެ ޚާއިނުންތަކެއް ސްރީ ލަންކާ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް، މާލެ އަށް އަރައިދިން ޓެރިސްޓް ހަމަލާއިން ލިބުނު ކާމިޔާބީއާ ގުޅިގެންނެވެ. އެ ހާދިސާ އަކީ ދިވެހިންގެ 19 މީހަކު ޝަހީދުވެގެން ދިޔަ ހާދިސާއެކެވެ.