Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

12 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ދެކުނުގެ އަތޮޅުގެ ރަށަކުން ކަމަށެވެ. ފުލުހުން ބުނީ އަންގާރަ ދުވަހުގެ ރޭ ހުށަހެޅި މައްސަލަ ތަހުގީގުކުރަމުން ދިޔަ ނަމަވެސް އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެހެންވެ އެކަމާ ބެހޭ އިތުރު ތަފުސީލެއް ވެސް ނުދެ އެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޖެންޑަ މިނިސްޓްރީ އަށް އެންމެ ގިނައިން ހުށަހެޅޭތަކުގެ ތެރެއިން އެއް މައްސަލަ އެވެ. އެ މިނިސްޓްރީ އަށް މިދިޔަ ސެޕްޓެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 19 މައްސަލަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.