Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ބަގީއާ އެކީ މޫދަށް ވެއްޓުނު މީހާ މަރުވެއްޖެ

ރިސޯޓެއްގައި ބަގީއާ އެކު މޫދަށް ވެއްޓުނު އަންހެން މީހާ މަރުވެއްޖެ އެވެ.

ބ. އަތޮޅުގެ އަނަންތަރާ ކިހާވަށް ރިސޯޓުގައި މަސައްކަތް ކުރަމުން އައި މޮރޮކޯގެ 26 އަހަރުގެ އަންހެން މީހާ ބަގީއާ އެކީ މޫދަށް ވެއްޓުނީ މިދިޔަ މަހުގެ 30 ގަ އެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް އެ މީހާ އަށް ފަރުވާ ދެމުން އައީ އޭޑީކޭގަ އެވެ. އެތަނުގެ އައިސީޔޫގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ރޭގަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.