Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ރާފުޅިތަކަކާ އެކީ މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާ އެކީ މީހަކު ހައްޔަރުކޮށްފި އެެވެ.

އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ނޮވެމްބަރ އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައި ފާސްކުރި އިރު 64 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.