Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފި އެވެ.

އޭނަގެ ކުރިން އެއެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އަނަސް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. އޭނަ ވަނީ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަނަސް އަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނަ އަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ބާ ކައުންސިލްގެ އެކްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ވެސް އޭނަ ކުރެއްވި އެވެ.