Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

އިމްރާނަށް ބަޑިން ހަމަލާ ދީފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ހަށިކޮޅަށް ބަޑިން ހަމާލާ ދީފި އެވެ.

އިމްރާނަށް މި ހަމަލާދީފައިވަނީ ޕާކިސްތާންގެ ލާހޯރްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އިމްރާންގެ ފަޔަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާގައި އިމްރާންގެ އިތުރުން އޭނާ ނިސްބަތްވެވަޑައިގަންނަވާ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) ގެ ހަތަރު މީހަކަށް ވެސް އަނިޔާވެފައިވެ އެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ޕީޓީއައި އިން ވަނީ މިއީ އިމްރާންގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނާގޮތުން މި ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާރު ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ.

އިމްރާން ،70، އިސްވެ ހުންނަވައިގެން ޕާކިސްތާނުގައި ބޮޑު އެއްވުމެއް ފެށީ އަވަސް އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ބޮޑުވަޒީރުކަމުން ދުރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަދި ދާދިފަހުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިމްރާނަށް އެގައުމުގެ އާންމު އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދާފަ އެވެ.

މި ނިންމުން ނިންމާފައިވަނީ ބޮޑުވަޒީރުކަމުގެ ދައުރުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް އިމްރާން ހިންގަވާފައިވާ ކަމަށް ބުނެ އެވެ.