Last Updated: July 2, 11:59
Wednesday, July 2, 2025
ޚަބަރު

ސިއްކަގެ އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ

ރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން އިއްޔެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިއްކަ އާއިލާއާ ގުޅުވައިގެން ކުރެއްވި ޓްވީޓަށް ކުރީގެ މުހައްމަދު ނަޝިދު މިއަދު ރައްދު ދެއްވައިފި އެވެ.

ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮބެވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ސިއްކަ އަހުމަދު މަނިކާ ގުޅުވައި އޭނަގެ އަބުށް އަރައިގަތުން އެއްގޮތަކަށް ބަލައެއްނުގަނެވޭނެ ކަމަށެވެ.

"އޭނަ އިންތިހާ އަށް އަނިޔާކޮށް މަރުގެ ތުންފައްޗަމަށް ގެނެސް އޭނަގެ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް." ނަޝީދު ވިދާޅުވި އެވެ.

ސިއްކަ އަހުމަދު މަނިކަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕަ އެވެ. އޭނަ އަކީ ނޮވެމްބަރު 3 ގެ ހަމަލާގެ ބައިވެރިވިކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ވެސް މީހެކެވެ.

ދިވެހިންގެ ހާއިނުންތަކެއް ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް، މާލެ އަށް އަރައިދިން ދިން ޓެރަރިސްޓް ހަމަލާގައި 19 ދިވެއްސަކު ޝަހީދު ވެސް ކުރު އެވެ. އޭގެ ތެރެެއިން އަށް މީހުންނަކީ ސިފައިންގެ ބޭކަލުންނެވެ.

ރާއްޖޭގެ 34 ވަަނަ ނަސްރުގެ ދުވަސް އިއްޔެ ފާހަގަކުރި އޮރު ޔާމީން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެ ދުވަހުން އާކޮށް ދެނީ ގައުމަށް ގައްދަރުވީ ސިއްކަ "އާއިލާ" ކަމަށެވެ. ނަސްރުގެ ދުވަސް "ސިއްކަ ޑޭ" ގެ ގޮތުގައި ސިފަކުރައްވައި ޔާމީން ވިދާޅުވީ މިހާރު އަމިއްލަ ފައިދާ އާއި މަސްލަހަތަށްޓަކައި ގައުމީ ބަތަލުންގެ އަގު ވެސް ވައްޓާލާފައިވާ ކަމަށެވެ.

ރާއްޖޭގައި މި ފަހުން ގައުމީ ފެންވަރުގައި ނަސްރުގެ ދުވަސް ފާހަގަނުކުރާތީ ވެސް ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.