ޓްވިޓާގެ މިހާރުގެ ވެރިޔާ އީލޮން މަސްކްއާ ލޯބީގެ ގުޅުމެއް ބޭއްވި ހޮލީވުޑްގެ ބަތަލާ އެމްބާ ހާޑް ޓްވިޓާ ދޫކޮޮށްލައިފި އެވެ.
ހާޑަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕްގެ ކުރީގެ އަންހެނުންނެވެ. މި ދެ މީހުންގެ މެދގައި މައްސަލަ ޖެހި 2016 ގައި ޑެޕް ގާތުން ވަރިވާން ނިންމިތާ ކައިރީގައި ހާޑާއި އިލޮންއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް ދުވަސްތަކެއް ވަންދެން ހިނގި އެވެ. އަދި ޑެޕަށް ގެވެށިއަނިޔާގެ ތުހުހުމަތުކޮށް ވަރިވާން ނިންމުމާ ގުޅިގެން އޭރު އޭރު ޑެޕް ވެސް ވަނީ އީލޮން އާއި ހާޑާ މެދު ގުޅުމެއް އޮތް ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުޔނާ ގޮތުން ހާޑާއި އިލޮންއާ ދެމެދު އޮތް ގުޅުން އެއްކޮށް ނިމުނީ 2018 ގަ އެވެ.

ކުރީގެ ލޯބިވެރިޔާ ޓްވިޓާ ބައްލަގަތްތާ ހަފުތާއެއްހާ ދުވަސް ފަހުން، ހާޑް ޓްވިޓާ ދޫކޮށްލި ނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. އޭނަގެ ޓްވިޓާ އެކައުންޓް މިހާރު ފެންނާކަށް ނެތެވެ. "އަކްއަމޭން" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ޓްވިޓާ ބޭނުން ކުރަން ފެށީ 2017 ގަ އެވެ.
އީލޮން ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.