އައްޑޫގެ ފެނާއި ނަރުދަމާ ނިޒާމު ނިންމައި ހިދުމަތް ދޭން ފެށީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކަކަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރައްދު ދެއްވައިފި އެވެ.
މާދަމާ ޔާމީން އައްޑު އަށް ވަޑައިގަންނަވާތީ އެކަމާ ގުޅިވައިގެން ނިހާދު ކުރެއްވި ޓްވީޓްތަކުގެ ތެރެއިން އެ ޓްވީޓްގައި ފޭދޫގެ ތާރު މަގެއްގައި ހޮޅި އަޅަން ކޮނި ގޮތަށް ނުނިންމައި އޮއްވައި ނަގާފައިވާ ފޮޓޯތަކާ އެކީ ވިދާޅުވެފައި ވަނީ އެ މަގު މިހާރު އޮތް ގޮތް ބައްލަވާލައްވަން ވެސް ރައީސް ޔާމީން ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
ސާފު ބޯފެނާއި ނަރުދަމާ ޕްރޮޖެކްޓް ފެށީ ރައީސް ނަޝީދު ސަރުކާރުގައި! ވެރިކަން ވައްޓާލުމަށް ފަހު 7 އަހަރު ވަންދެން މަގު ކޮޱެފަ ނުނިންމާ އޮތީ ޔާމީން… އިބޫ އައިސް ފައިސާ ހޯދައިގެން ނިންމާ ޙިދުމަތް ދިނީ! ރައްޔިތުންނަށް ވަރަށް ސާފު!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 4, 2022
ރައްޔިތުންނަކަށް ތިވާހަކައެއް އޮޅުވައެއްނުލެވޭނެ! MP ކުރީ ސަރުކާރުގަ ބައިވޯޓަރއާ ހަވާލުކުރި ފެނުގެ މަޝްރޫއު ހުއްޓާލީމަ، އެމަޝްރޫއު މަސަޔްކަތް އަލުން ފައްޓާ، ސާފުފެން ގެބިސީތަކައް ފޯރުކޮއްދެއްވީ ރ.ޔާމީންގެ ސަރުކާރުގަ.
"ސާފު ބޯފެނާއި ނަރުދަމާ ޕްރޮޖެކްޓް ފެށީ ރައީސް ނަޝީދު ސަރުކާރުގައި. ވެރިކަން ވައްޓާލުމަށް ފަހު ހަތް އަހަރު ވަންދެން މަގު ކޮނެފައި ނުނިންމާ އޮތީ ޔާމީން،" ނިހާދު ވިދާޅުވި އެވެ. "އިބޫ ރައީސް [އިބްރާހީމް މުހައްމަދު ސޯލިހު] އައިސް ފައިސާ ހޯދައިގެން ނިންމާ ހިދުމަތް ދިނީ. ރައްޔިތުންނަށް ވަރަށް ސާފު."
Mi magu balaalan jassaa lachchey @prz_ymn pic.twitter.com/Th7EyMUZsx
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 4, 2022
އޭނަގެ ޓްވީޓްތަކާ ގުޅިގެން ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނިހާދު ހައްދަވަނީ ހުސް ދޮގު ކަމަށެވެ. ތޯރިގު ވިދާޅުވި ގޮތުގައި ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫ ރައްޔިތުން ނިހާދު ދެއްކެވި ވާހަކައެއް ގަބޫލެއް ނުކުރާނެ އެވެ.
"…ރައްޔިތުންނަކަށް ތި ވާހަކައެއް އޮޅުވައެއް ނުލެވޭނެ. އެމްޑީޕީގެ ކުރީ ސަރުކާރުގައި ބައި ވޯޓައާ ހަވާލުކުރި ފެނުގެ މަޝްރޫއު ހުއްޓާލީމަ، އެ މަޝްރޫއު މަސައްކަތް އަލުން ފައްޓައި ސާފުފެން ގޭބިސީތަކައް ފޯރުކޮށް ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި." ތޯރިގް ވިދާޅުވި އެވެ.
ތީިހަމަ ހުސްދޮގު. އައްޑޫސިޓީ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ރައްޔިތުންނަކަށް ތިވާހަކައެއް އޮޅުވައެއްނުލެވޭނެ! MDP ކުރީ ސަރުކާރުގަ ބައިވޯޓަރއާ ހަވާލުކުރި ފެނުގެ މަޝްރޫއު ހުއްޓާލީމަ، އެމަޝްރޫއު މަސަޔްކަތް އަލުން ފައްޓާ، ސާފުފެން ގެބިސީތަކައް ފޯރުކޮއްދެއްވީ ރ.ޔާމީންގެ ސަރުކާރުގަ.
— Thoriq Ibrahim (@Thoriqibrahim) November 4, 2022
އޭނާ ވިދާޅުވީ ފޭދޫގެ ނަރުދަމާގެ މަސަތްކަތް ފަރުމާކޮށް އަމަލީ މަސަތްކަތް އެމްޓީސީސީއާ 2017 ގައި ހަވާލުކޮށް 2018 ގެ ނޮވެންބަރު މަހާ ހަމަޔައް ދިޔައިރު އެ މަސަތްކަތުގެ 95 ޕަސެންޓަށް އަށް ވުރެ ބޮޑު ބައި އޮތީ ނިމިފައި ކަމަށެވެ. އަދި ހަގީގަތަކީ އެމްޑީޕީގެ މިހާރުގެ ސަރުކާރަށް ހަތަރު އަހަރު ފުރެމުންދާ އިރު ވެސް ފޭދޫ، މަރަދޫފޭދޫ އަދިމަރަދޫގެ ނަރުދަމާގެ މަސަތްކަތް އެއްކޮއް ނިންމާނުލެވޭ ކަމެވެ.
ފޭދޫގެ ނަރުދަމާގެ މަސަތްކަތް ފަރުމާކޮށް އަމަލީ މަސަތްކަތް MTCC އާ 2017 ވަނަ އަހަރު ހަވާލުކޮށް ، 2018ގެ ނޮވެންބަރުމަހާ ހަމަޔައް ދިޔައިރު ނަރުދަމާގެ އަމަލީ މަސަތްކަތުގެ %95 އައްވުރެން ބޮޑު ބައެއް ވަނީ ނިމިފަ.
— Thoriq Ibrahim (@Thoriqibrahim) November 4, 2022
އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެންމެ ފުރަމަ ފެށީ ކުރީގެ މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. އޭރު އެ މަަސައްކަތް ހަވާލުކުރީ އިނގިރޭސިވިލާތުގެ ބައި ވޯޓާއާ އެވެ. އެކަމަކު ހިތަދޫގެ މަސައްކަތް ފެށި ފަހުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވި އެކަން ފަހުން ހުއްޓި، ސަރުކާރުން ފަހުން އެ ކުންފުންޏާ އެކީ ހެދި އެއްބަސްވުން އުވައިލި އެވެ.
ނަމަވެސް، ހަގީގަތަކީ MDP ގެ ސަރުކާރައް 4އަހަރު ފުރެމުންދާއިރުވެސް ފޭދޫ، މަރަދޫފޭދޫ އަދިމަރަދޫގެ ނަރުދަމާގެ މަސަތްކަތް އެއްކޮއް ނިންމާނުލެވޭކަން! މީޚަގީގަތް.
— Thoriq Ibrahim (@Thoriqibrahim) November 4, 2022
އޭގެ ފަހުން އައްޑޫގެ ނަރުދަމާގެ މަސައްކަތް އެމްޓީސީސީ އާއި އެމްޑަބްލިއުސްސީގެ އިތުރުން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލުކޮށްގެން ކުރިށް ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން އަލުން އައްޑޫގެ ނަރުދަމާ ނިޒާމު އިފުތިތާހުކުރީ 2017 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހިތަދޫގެ ފެނުގެ ނިޒާމު ނިންމައި ހިދުމަތް ދޭން ފެށި އެވެ.