Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ދެ ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދެ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިއްޖެއެވެ.

ބައި އިލެކްޝަން ކުރިއަށްދަނީ ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ދެ ބައި އިލެކްޝަންސްގެ ވޯޓުލުން ހެނދުނު 08:00 އިން ފެށިގެން ކުރިއަށްދާ ކަަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 04:00 އާހަމައަށް ކުރިއަށްދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވަނީ މަގޫދޫ ސްކޫލު، ކަލައިދޫ ސްކޫލު އަދި މާލޭ އިމާދުއްދީން ސްކޫލުގައެވެ.