ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ މަހު މަރުވި އަބްދުﷲ ރަޝީދު (މާޓީ) ގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.
އޭނަގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ މިއަދު މަޢުރިބު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ގދ. ހޯޑެއްދޫ ސްވެން މާޓީ، 43، މަރުވީ މިދިޔަ މަހުގެ 25 ގަ އެވެ.
އޭނަގެ ޖަނާޒާ މިއަދު ބާއްވަން ނިންމީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ވެސް ގެންދިއުމަށް ފަހު އެވެ. އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.
މާޓީގެ މަރާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ވަރަށް ހިތާމަވެރިކަމެއް. ކަމަށާއި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.