އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު ވެސް ބޮޑު ބަޔަކަށް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ 10:15 އިން ފެށިގެން މެންދުރު 14:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ރާޅުގެ އުސްމިން މިއަދު 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އިއްޔެވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެލާޓް ނެރުނުއިރު، މާލެ އަށްވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.