Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

އާ ރިސޯޓެއް ހުޅުވައިފި

ރާއްޖޭގައި އަނެއްކާ ވެސް މުޅިން އާ ރިސޯޓެއް ހުޅުވައިފި އެވެ.

ދުނިޔޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭން އަލަށް ހުޅުވި ރިސޯޓަކީ އޮޅުވެލި ފަޅުތެރޭގައި ތަރައްގީކޮށްފައިވާ ޓީޔޫއައި ބުލޫ އޮޅުވެލި ރޮމޭންސް ރިސޯޓެވެ. ކ. އަތޮޅުގައި އޮންނަ އޮޅުވެލި ރިސޯޓުގެ ފަޅުތެރެއިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ މި ރިސޯޓު ހިންގަނީ ޖަރުމަންގެ މަޝްހޫރު ކުންފުނި، ޓީޔޫއައި ބްލޫ ބްރޭންޑްގެ ފަރާތުންނެވެ.

އުމުރުން 16 އަހަރުން މައްޗަށް ހާއްސަ ޓީޔޫއައި ބުލޫ އޮޅުވެލި ރޮމޭންސްގައި ތަފާތު ތިން ވައްތަރެއްގެ 98 ވިލާ ހިމެނެ އެވެ. އެއީ ބީޗް، ވޯޓާ އަދި ޕްރައިވެޓް ޕޫލް ވިލާ އެވެ. ރިސޯޓުން ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ވެސް ހުރެ އެވެ. އަދި ތަފާތު މޫދު ކުޅިވަރާއި ސްޕާއެއްގެ ހިދުމަތް ވެސް ރިސޯޓުން ލިބޭނެ އެވެ

ރާއްޖޭގައި ހުޅުވި ޓީޔޫއައި ބުލޫ އޮޅުވެލި ރޮމޭންސް ރިސޯޓާ އެކީ ޓީޔޫއައި ބްލޫ ބްރޭންޑުން އޭޝިއާ ސަރަޙައްދުގައި ހިންގާ ރިސޯޓުތަކުގެ އަދަދު މިހާރު މި ވަނީ ހަތެރަކަށް އަރައިފަ އެވެ.