Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޓަންޒޭނިއާގެ ބޯޓެއް ކޯރަކަށް ވެއްޓިއްޖެ

ޓެންޒޭނިއާގެ މަތިންދާބޯޓެއް ލޭންޑްކުރަން އުޅުމުގެ ތެރޭގައި ކޯރަކަށް މިއަދު ވެއްޓިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ޕްރެސިޝަން އެއާގެ ބޯޓް ވެއްޓުނީ ބުކޯބާ އަވަށުގެ ލޭކް ވިކްޓޯރިއާށެވެ. ބޯޓް ވެއްޓުނު އިރު އޭގައި 43 ޕެސެންޖަރުން ތިއްބެވެ. އޭގެ ތެރެއިން 26 މީހަކު ސަލަމާތްކޮށް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އިތުރު މީހުން ހޯދުމުގެ މަސައްކަތް މަަސްވެރިންނާއި ކަމާބެހޭ އޮފިޝަލުން ކުރަމުން އަންނަ އިރު ބޯޓަށް ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ބޯޓް ކޯރަށް ވެއްޓި ފެނުން މައްޗަށް ފެންނަން އޮތީ އޭޓިއާރް-42 މަރުކާގެ ބޯޓްގެ ފަހަތު ބައި އެކަންޏެވެ.

މި ހާދިސާއާ ގުޅިގެން ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން ވަނީ ހިތާމަފާޅުކުރައްވައި، ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވައިފަ އެވެ.

މީޑިއާތަކުން ބުނީ ޕްރެސިޝަން އެއާގެ ބޯޓް ވެއްޓުނީ މޫސުން ގޯސްވެ، ބޯ ވާރެއާ ހެދި ކަމަށެވެ.