Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޔާމީން ހުންނެވީ އައްޑޫގެ ތަރައްގީ ފެނި ކޮސްވެފައި

ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ އައްޑޫގެ ކުރިއެރުމަށް މި ސަރުކާރުން ކުރަމުން އަންނަ ކަންކަން ފެނިވަޑައިގެން ކޮސްވެ، ބަސްހުއްޓިފައި ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރާ ގުޅުވައިގެން އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ ދުލުން އަބަދު ވެސް އިވެމުން އަންނަނީ އައްޑޫގައި "ހާދަ ކަމެއް އެބަކުރެވެޔޭ" އެވެ.

"މުޅި އައްޑޫ މިއޮތީ ކޮނެފައޭ މަގު ހަދަން. އިންޖީނުގެ ގޭގެ އާ އޮފީހާއި ސްކޫލާއި މިސްކިތް އަޅަނީއޭ. [ކުރަމުން އަންނަ ކަންކަމުގެ] ލިސްޓް ދިގޭ،" ނިހާދު ވިުދާޅުވި އެވ. "[އެހެންވެ] ރައީސް ޔާމިން ވެސް ހުންނެވީ ބަސްހުއްޓި، ދެން ވާނެ ވައުދަކާ މެދު ވިސްނަން."

ޔާމީން އިއްޔެ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވު ވާހަކައިގައި ވިދާޅުވީ އައްޑު އަށް ވަޑައުގަތުމުން ތަރައްގީގެ މަޝްރޫއުތައް ގިނަކަމުން އެކަން ހޯދާ ނުފެންނަ ކަމަށެވެ. އަދި އެ ބުނާ ތަރައްގީގެ މަޝްރޫއުތަކެއް ނުފެނިގެން ރައްޔިތުން ވެސް އުޅޭ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އައްޑޫ ތަރައްގީކުރައްވަން ބޭނުންވާ ކަމަަށާއި އެކަން ކުރެއްވުމަށް ވެރިކަމުގެ އިތުރު ދައުރެއް ބޭނުންވާ ކަމަށެވެ.