Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ބަޖެޓް ބަހުސް މާދަމާ ފަށަނީ

އަންނަ އަހަރަށް ދައުލަތު ހުށަހަޅާފައިވާ ބެޖެޓު ފޮތް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓް ބަހުސް މަޖިލީހުގައި މާދަމާ ފަށާނެ ކަމަށެވެ.

ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންގާރަ، ބުދަ އަދި ބްރާސްފަތި ދުވަހުއެވެ. ބަޖެޓް ބަހުސަށް ބާއްވާ ޖަލްސާ ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ބްރާސްފަތި ދުވަހު ރޭގަނޑު 10:00 ޖަހާއިރަށް ވެސް ބަހުސް ނުނިމެންޏާ، އަޅުގަނޑުމެން ހަމަ ކުރިއަށްގެންދާނީ." އީވާ ވިދާޅުވިއެވެ.

ބަޖެޓް ބަހުސަށް ކޮންމެ މެމްބަރަކަށް 15 މިނެޓް ލިބޭނެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި އޮތީ 42.6 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. މި ބަޖެޓަކީ 5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.