Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޕްލޭއޮފްގައި ބާސާ އާއި ޔުނައިޓެޑް ކުރިމަތިލުމެއް

ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި ކުޅޭނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ތިންވަނަ ހޯދި ޓީމުތަކާއި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް ބުރުން ދެވަނަ ހޯދި ޓީމުތަކެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމެއް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރުކުރާނެ އެވެ.

މިއަދު ނެގި ގުރުއަތުލުމުން ބާސާ އާއި ޔުނައިޓެޑް ޕްލޭއޮފްގައި ކުޅެން ޖެހުނުއިރު މިއީ 2019 ވަނަ އަހަރަށް ފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ ޗެމްޕިއަންސް ލީގުގައި ކަމަށްވާއިރު އެފަހަރު ދެ ލެގުން ވެސް ބާސާ ވަނީ ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ޕްލޭއޮފްގެ އެހެން މެޗުތަކަށް ބަލާއިރު ޔުވެންޓަސް ބައްދަލުކުރާނީ ފްރާންސްގެ ނޭންޓްސްއާ އެވެ. އަޔެކްސް އިން ޔޫނިއަން ބާލިންއާ ބައްދަލުކުރާއިރު ސެވިއްޔާ ނިކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ. އަދި ރޯމާ އިން ސަލްޒްބާގްއާ ބައްދަލުކުރާއިރު ސްޕޯޓިން ލިސްބަން ވާދަކުރާނީ މިޖިލަންޑްއާ އެވެ.

މީގެއިތުރުން ޝަހްތަރު ޑޮނެޓްސްކް އިން ރެންސްއާ ބައްދަލުކުރާއިރު ބަޔާ ލެވަކޫސަން ވާދަކުރާނީ ފްރާންސްގެ މޮނާކޯއާ އެވެ.

ޔޫރޮޕާ ލީގުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 16 ގަ އެވެ. ދެވަނަ ލެޗު ކުޅޭނީ ފެބްރުއަރީ 23 ގަ އެވެ.