Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ފޭދޫ ސްޕޯޓްސް ބަލިކޮށް ބޭރުމަތި ސެމީ އަށް

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ފޭދޫ ސްޕޯޓްސް 2-1 އިން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ބޭރުމަތި އެފްސީ ދަތުރުކޮށްފި އެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީ އަށް ބޭރުމަތި ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ދެން ސެމީ އަށް ދަތުރުކޮށްފައިވަނީ ފޭދޫ ސްޕޯޓްސް އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ލޮތާރި އެފްސީ ވަނީ ބާކީ އެއް މެޗު އޮއްވާ މުބާރާތުން ކަޓާފަ އެވެ. ފަހު މެޗުގައި ލޮތާރި ނިކުންނާނީ ބޭރުމަތި އެފްސީއާ ދެކޮޅަށެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާމް އަލީ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު އިންޝާލް (އިންޓޭ) ވަނީ ބޭރުމަތި ޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބޭރުމަތި ޓީމު މި މެޗުން މޮޅުވި ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ތިލްމީޒް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތި ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އިންޓޭ އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ މަރަދޫ އެފްސީއާ އެފްސީ އަފިރިންނެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.