Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިލެކްޓްރިކް ބަސްތައް ރާއްޖެ ގެނެސްފި

އެމްޓީސީސީން އިލެކްޓްރިކް ހަ ބަސް ރާއްޖެ ގެނެސްފި އެވެ.

އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ހަ ބަސް ގެނެސްފައިވާ ކަމަށެވެ. އެއީ 11 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ނަގާފައެއް ނުވެ އެވެ. ނަމަވެސް މިހާރު ދަތުރަކަށް 7ރ. އަންނަނީ ނަގަމުންނެވެ.