Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެޗްޑީސީ އާއި އެމްއައިޓީ ގުޅިގެން ޕްރޮގްރާމްތަކެއް

ގުޅިގެން ހިލޭ ޕްރޮގްރާމްތަކެއް ހިންގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފެވެ. އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. އަދި މި ކަމަކީ އެޗްޑީސީން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި އެ ފަރާތްތަކުން އެޗްޑީސީ އަށް ހުށަހަޅާފައިވާ ކަމެކެވެ.

އެޗްޑީސީގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން އެފަދަ ފަރާތްތައް ބާރުވެރިކުރުވައި މަސައްކަތުގެ މާހައުލަށް އަހްލުވެރިބަޔެއްގެ ގޮތުގައި ބިނާ ކުރުމެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަހަރަކު ދެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރާވާފައިވެ އެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކުމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެޗްޑީސީން ވަނީ މި އަހަރުތެރޭ މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގައިފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމަކާއި ވޮލީ ކޭމްޕެއްގެ އިތުރުން "ޒުވާނުންގެ ދިސާ" ގެ ނަމުގައިވެސް ޕޮރްގްރާމެއް ހިންގާފައިވެ

އެވެ. މީގެ އިތުރުން ވެސް ތަފާތު އެކި ޕްރޮގުރާމުތަކެއް އެޗްޑީސީން ހިންގާފައިވެ އެވެ.