Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެމްއެންޔޫގެ ޖޮބް ފެއާ މާދަމާ ހިތަދޫ ކެމްޕަހުގައި

ފޮޓޯ: އެމް.އެން.ޔޫ ހިތަދޫ ކެމްޕަސް

ގައުމީ ޔުނިވަސިޓީން އިންތިޒާމޮށްގެން "ފަހި ފުރުސަތު" ގެ ނަމުގައި ބާއްވާ ޖޮބް ފެއާ މާދަމާ ހިތަދޫ ކެމްޕަހުގައި ފެށުމަށް ނިންމައިފި އެވެ.

އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ބައިވެރިވާ މި ޖޮބް ފެއާ ގައުމީ ޔުނިވަސިޓީގެ ހުރިހާ ކެމްޕަހެއްގައި ކުރިއަށް ގެންދާނެ އެވެ.

ހިތަދޫ ކެމްޕަހުގައި ކުރިއަށް ގެންދާ ފެއާގައި އައްޑޫ ސިޓީ ކައުންސިލް، ހިތަދޫ ޕޯޓް، އީކުއޭޓަ ވިލެޖް، ވެމްކޯ، ކަސްޓަމްސް، އެމްއެންޑީއެފް އަދި ދިވެހި ފުލުހުން ބައިވެރިވެއެވެ. މީގެ އިތުރުން، ދިރާގު، ގަން އިންޓަނޭޝަނަލް އެއާޕޯޓް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، އައިއެމްޑީސީ އަދި ފެނަކައިން ވެސް ބައިވެރިވާކަން ހިތަދޫ ކެމްޕަހުން ބުންޏެވެ.

ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ފެއާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

ޖޮބް ފެއާ ފެށުމުގެ ރަސްމިއްޔާތު މާދަމާ މެންދުރު ފަހު 4:00 ގައި ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފެއާ ކުރިއަށް ދާނީ މިއަދާއި މާދަމާގެ ނިޔަލަށް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.