Last Updated: June 6, 17:49
Saturday, June 6, 2026
ކުޅިވަރު

ސްޓޭޑިއަމް ހުޅުވަން ހާއްސަ ފުޓްބޯޅަ މެޗެއް

ހިތަދޫ ޒޯން ސްޓޭޑިއަމް އޭއެފްސީ ޗެލެންޖަށް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުމަށް ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މާލޭގައި އޭއެފްސީ ޗެލެންޖްކަޕްގެ ކައުންޓް ޑައުން އިފްތިތާހް ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަލީހް ވިދާޅުވީ ހިތަދޫ ސްޓޭޑިއަމް ހުޅުވުމަށް ބާއްވާ މެޗްގައި ކުޅޭނީ ކުރީގެ ފުޓްބޯޅަ ތަރިން ކަމަށެވެ.

އަދި އެމެޗް އިންތިޒާމް ކުރުމަށް ޓަކައި މިނިސްޓުރީގެ ފަރާތުން އެފްއޭއެމްގެ އިސްވެރިންނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް މަލީހް ވިދާޅުވިއެވެ.

ޒޯން ސްޓޭޑިއަމްގެ ބޮޑު ބައި މަސައްކަތް ނިމިފައިވާއިރު ދަނޑުގެ ވީއައިޕީގައި ޖެހުމަށް ނިންމާފައިވާ ގޮޑިތަކަކީ ހިތަދޫ ކޮންވެންޝަން ސެންޓަރުގެ ހޯލުގައި ބޭނުން ކުރާ ގޮޑިތައް ކަމަށް މަލީހް ވިދާޅުވިއެވެ.