ޒުވާނުންނަށް ހާއްސަކޮށްގެން "ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ 2022" ގެ ނަމުގައި އެކްސްޕޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ އެކްސްޕޯ އޮންނާނ މަހުގެ 18 އާއި 19 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ. އެ ދެ ދުވަހު އެކްސްޕޯ ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
މީގެ މަގުސަދަކީ ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން މީގެ ތެރެއިން ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެ ދާއިރާ އަށް އެ މީހުންގެ ޝައުޤުވެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދޭނެ އެވެ.
އެކްސްޕޯގައި ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުން ހުރި ބައެއް މިނިސްޓްރީތަކުން ބައިވެރިވާނެ އެވެ. މީގެ ތެެރޭގައި ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތަކާއި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔަވައިދިނުމުގެ ސްކީމްގެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.
ތިރީސް ސްޓޯލާ އެކީ މި އެކްސްޕޯ ބާއްވަނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ހަރަދުކޮށްގެންނެވެ.