Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

އުރީދޫގެ ވޯލްޑް ކަޕް ނަސީބުވެރިން ހޮވައިފި

މި މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ މެޗުގެ ސެމީ ފައިނަލްގެ މެޗު ބަލަން އުރީދޫން ފޮނުވަން ހަމަޖެއްސި ހަތަރު ނަސީބުވެރިން ހޮވައިފި އެވެ.

އެ ކުންފުނިން "ވޯލްޑް ކަޕް ފޯރި" ގެ ނަމުގައި ބޭއްވި ޕްރޮމޯޝަން ނިންމައި، ނަސީބުވެރިން ހޮވީ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. ނަސީބުވެރިން ހޮވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒާއި މާޒިޔާ ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އަދި އެ ކްލަބްގެ ކުޅުންތެރިންނެވެ.

ގަތަރަށް ފޮނުވާނެ ހަތަރު ނަސީބުވެރިންގެ ގޮތުގައި ހޮވުނީ މަރިޔަމް ޝަބްނަމާއި އާއި އަހުމަދު ޝިހާމާއި ހާފިޒް ސައީދުގެ އިތުރުން ސޮމަރަތްނަ ޔޮޑަގެ އެވެ.

އުރީދީގެ ހަރަދުގައި ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދާން ހަތަރު މީހަކު ހޮވީ މިދިޔަ އޮގަސްޓު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭއްވި ޕްރޮމޯޝަނަކަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި އުރީދޫން ހިދުމަތް ހޯދި ހުރިހާ ކަސްޓަމަރުން ލަކީޑްރޯގައި ބައިވެރިކޮށްފައިވެ އެވެ.

ގަތަރުގައި މި މަހުގެ 20 ގައި ފަށާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދާން ހޮވުން ހަތަރު ނަސީބުވެރިންނަށް ވެސް ދެ ކޮޅު ޓިކެޓާއި މެޗުގެ ޓިކެޓާއި ހުރުމުގެ ހަރަދު އުރީދޫން ދޭނެ އެވެ.