ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޯން ޕެންގެ ދެ އޮސްކާ ޓްރޮފީއެއް، ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށް ހަދިޔާކޮށްފި އެވެ.
މި ޓްރޮފީތައް އޭނަ އަށް ހަދިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޔުކްރޭންގެ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު އޭންޓަން ގެރަޝެންކޯ ޓްވިޓާގައި ވެސް އާންމުކުރައްވާފައިވެ އެވެ. އެ ވީޑިއޯގައި ޒެލެންސްކީއާ ސަލާން ކުރައްވައި ޓްރޮފީތައް ހަދިޔާއެއްގެ ގޮތުގައި ދޭ ކަމަށް ޕެން ބުނެ އެވެ.
"ފަހަރުގައި ވެދާނެ މިއީ ތަންކޮޅެއް ކޫސަނި ކަމަކަށް ވެސް. އެކަމަކު ތި ކުރައްވާ ހިތްވަރުގެ ރަމްޒެއްގެ ގޮތުން މި ޓްރޮފީތައް ހަދިޔާކުރަން. އެއީ އަހަންނަށް ވެސް ލިބޭ ހިތްވަރަކަށް ވާނެ،" ޕެން ބުނެ އެވެ. "ތި ކުރައްވާ މަސައްކަތް ކާމިޔާބުވި އިރަކުން އަލުން އަހަންނަށް ޓްރޮފީތައް ގެނެސް ދެއްވިޔަސް މައްސަލައެއް ނެތް."
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ޕެން އަކީ މި އަހަރުގެ ކުރީކޮޅު، ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އެ ގައުމަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ. އެގޮތުން އެކި ފަހަރު މަތިން އޭނާ ޒެލެންސްކީއާ ބައްދަކުކޮށް ހިތްވަރު ދީފައިވެ އެވެ. ޕެން ވަނީ ޔުކްރޭން ހަނގުރާމައާ ގުޅޭ ޑޮކިއުމަންޓަރީއެއް ހެދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
Sean Penn has given his Oscar to Ukraine – @ZelenskyyUa
Thank you, sir!
It is an honor for us. pic.twitter.com/vx2UfEVTds— Anton Gerashchenko (@Gerashchenko_en) November 8, 2022
ޕެން ގެ ދެ އޮސްކާ ޓްރޮޕީއެއް ރައީސް ޒެލެންސްކީ އަށް ހަދިޔާކުުރުމުން ޝުކުރު އަދާކުރައްވައި ޔުކްރޭނާ މެދު ބަހައްޓާ ގާތްކަމުގެ އަގުޒަވަން ކުރުމުގެ ގޮތުން ޒެލެންސްކީ ވަނީ ހާއްސަ ޝަރަފެއްގެ ގޮތުގައި ޕެން އަށް "އޯޑަ އޮދް މެރިޓް" ވެސް އަރުވައިފަ އެވެ.
ޕެން، 62، ބުނި ގޮތުގައި ޔުކްރޭނަކީ އެންމެ ލޯބިވާ އަދި އޭނަގެ ހިތާ އެތަނަކާ އެންމެ ގާތް ތަންތަނުގެ ތެރެއިން އެއް ތަނެވެ. އަނެއް ތަނަކީ އަންހެން ދަރިފުޅު ޑައިލ؛ަން ފްރާންސެސް ޕެން، 31، އާއި އާއި ފިރިން ދަރިފުޅު ހޮޕާ ޕެން، 29، އުފަންވި އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސް އެވެ.