ރަސްމީ ދަތުރެއްގައި ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސްޒިޖާޓޯ ރާއްޖެ ވަޑައިގެންފި އެވެ.
އޭނަ ރާއްޖެ އަށް ކުރައްވާ މި ރަސްމީ ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ސްޒިޖާޓޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިުގެ އަރިހަށް ވެސް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ އެވެ.
Just concluded a successful round of Official Talks with Minister Szijjártó.
I have no doubt that the existing cooperation between #Maldives and #Hungary will be further strengthened, and our priorities will be further aligned after our discussions today.
🇲🇻🤝🇭🇺 pic.twitter.com/S4V2WdDxwz
— Abdulla Shahid (@abdulla_shahid) November 9, 2022
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރަސްމީ ބައްދަލުވުންތަކާއި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވެ އެވެ.
It is our pleasure to welcome Minister Szijjártó to Fathulla Jameel Building!
Foreign Minister @abdulla_shahid will soon hold bilateral discussions with Minister Szijjártó, followed by signing of three key MoUs. Both Ministers will brief the press afterwards.
🇲🇻🤝🇭🇺 pic.twitter.com/siTEXniCPY
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 9, 2022
ރާއްޖޭން ހަންގޭރީ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު ބާއްވަވާ ހާއްސަ ހަފުލާއެއް ވެސް މިއަދު މެންދުރު ފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެ އެވެ. އެ ހަފުލާގައި ހަންގޭރީގެ ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރު އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ވެެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Welcome to Fathulla Jameel Building, my dear friend Péter!
Looking forward to discussions on strengthening cooperation between the #Maldives and #Hungary. I am confident that your visit will yield tangible, positive outcomes.
🇲🇻🤝🇭🇺 pic.twitter.com/p73RLWq2V5
— Abdulla Shahid (@abdulla_shahid) November 9, 2022
ރާއްޖެ އާއި ހަންގޭރީގެ ސިޔާސީ ގުޅުމަށް މިހާރު ވަނީ 47 އަހަރުވެފަ އެވެ. އެކަމަކު މިއީ ހަންގޭރީގެ މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.