ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަމްޖަދު އަބްދުލްޣަނީއާ ގުޅޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ 02 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނިންމި އިސްމެޖިސްޓްރޭޓް އަމްޖަދުގެ މައްޗަށް އެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށެވެ.
އަދި އެމައްސަލަ ސާބިތުނުވާކަމަށް 2022 ނޮވެމްބަރ 01 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 77 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ޖޭއެސްސީން ހާމަކޮށްފައެއްނުވެއެވެ.