ސްޓެލްކޯގައި ގާއިމުކޮށްފައިވާ ޗައިލްޑް ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް މުޙައްމަދު ދީދީ އެވެ.
މިއީ އޮފީސް މާޙައުލުގައި ދަރިން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އޮފީސްތަކުގައި ޑޭކެއަރތައް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ތަނެކެވެ. ސްޓެލްކޯ އަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޗައިލްޑް ކެއަރ ސެންޓަރެއް ޤާއިމްކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޗައިލްޑް ކެއަރ ސެންޓަރެއް ޤާއިމް ކުރެވުނު ފުރަތަމަ އެސްއޯއީގެ ޝަރަފް ލިބިގަނެ، މިކުންފުނީގެ ޗައިލްޑް ކެއަރ ސެންޓަރ، ކުންފުނީގެ ބޯޑުގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާޙީމް މުޙައްމަދު ދީދީ މިއަދު ވަނީ ހުޅުއްވައިދެއްވާފައި. pic.twitter.com/TIuKRLU3Jg
— STELCO (@STELCOMALDIVES) November 9, 2022
މި ސެންޓަރުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 5- 10 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
ސްޓެލްކޯއިން ބުނީ މި ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ.