Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފަރެހުގައި ހަދާ ރިސޯޓް އަންނަ އަހަރަށް

ބ. އަތޮޅު ފަރެހުގައި ތަރައްގީކުރަމުން އަންނަ ރިސޯޓް އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވަން އަމާޒު ހިފައިފި އެވެ.

އެ ރިސޯޓު ތަރައްގީކުރާ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ބުނީ 70 މިލިއަން ޑޮލަރު ހަރަދުކޮށްފެން ފަރެހުގައި ހަދަނީ 176 ކޮޓަރީގެ ރިސޯޓެއް ކަމަށެވެ. މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަ ވޯޓަ ވިލާތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ރިސޯޓްގައި ހަދާނެ އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ރާއްޖޭގައި ހިންގާ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނާ ހޮޓެލްސްގެ ބުރޭންޑެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އަނަންތާރާ ބުރޭންޑުގެ ތިން ރިސޯޓު ހިންގަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން ހުޅުވި ރިސޯޓަކީ މި މަހުގެ 4 ގައި ހުޅުވި އޮޅުވެލި ފަޅުތެރޭގައި ތަރައްގީކޮށްފައިވާ ޓީޔޫއައި ބުލޫ އޮޅުވެލި ރޮމޭންސް ރިސޯޓެވެ.