Last Updated: July 28, 13:29
Tuesday, July 28, 2026
މުނިފޫހިފިލުވުން

"ބާޕް އޮފް އޯލް ފިލްމްސް" ގެ ފަސްޓްލުކް

މިހާތަނަށް ބޮލީވުޑްގައި ހަދާ އެންމެ ވަރުގަދަ އެކްޝަން ފިލްމުގެ ގޮތުަގއި ސިފަކޮށްފައިވާ ފިލްމުގެ ފަސްޓްލުކް ދައްކާލައިފި އެވެ.

"ބާޕް އޮފް އޯލް ފިލްމްސް" ގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު އިއުލާންކުރި މި ފިލްމުގެ ތަރިންނަކީ ސަނީ ޑިއޯލް އާއި ސަންޖޭ ދަތާއި ޖެކީ ޝްރޮފްގެ އިތުރުން މިތުން ޗަކްރަބަތީ އެވެ. މި ތަރިންނަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ގަދަ އަށް ވިދި އެކްޝަން ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރުންނެވެ.

މި މީހުންނާ އެކީ ޒީ ސްޓޫޑިއޯސް އިން ހަދަމުން އާ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ވިވެކް ޗޯނެވެ. އޭނަ އަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކީ ކުރިން "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތަކުގައި އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ސަނީ ޑިއޯލް އާއި ސަންޖޭ ދަތާއި ޖެކީ ޝްރޮފްގެ އިތުރުން މިތުން ޗަކްރަބަތީ ހިމަނައިގެން ހަދާ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.