Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޗާލްސްއާ ދިމާލަށް ބިސް އުކައިފި

އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެކާ ދިމާލަށް މީހަކު ބިސް އުކައިފި އެވެ.

ރަސްގެފާނު ޗާލްސްއާ ދިމާލަށް ބިސް އުކާފައި ވަނީ އިނގިރޭސިވިލާތުގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ ޔޯކް ސިޓީ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެގޮތުން އެ ސިޓީގެ އިސްވެރިންނާ ރަސްގެފާނު ޗާލްސް ސަލާމްކުރައްވަން ގެންދަވަނިކޮށް އާންމުންގެ މީހަކު ވަނީ ރަސްގެފާނާ ދިމާލަށް ބިސްތަކެއް އުކާފަ އެވެ. ނަމަވެސް އެއިން އެއްވެސް ބިހެއް ރަސްގެފާނު ޗާލްސްގެ ގަޔަށް އަމާޒުވެފައެއް ނުވެ އެވެ.

ޗާލްސްއާ ދިމާލަށް ބިސްތަކެއް އުކި މީހާ ވަގުތުން ވަނީ އެ ސަރަހައްދުން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ކަމަށް ޗާލްސް އައްޔަން ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗާލްސްގެ މަންމާފުޅު، ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެންނެވެ.