އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވުނު މައްސަލާގައި ރާއްޖޭގެ ފިލްމީ ތަރި މަރިޔަމް ޝިފާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެކި ނެތުމުން އޭނަގެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފައިލްކުރަން ނިންމީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވެސް އެ މައްސަލާގައި ދިން ލަފާގެ މަތިން ކަމަށެވެ. ޝިފާގެ މައްޗަށް އެއްޖިންސިން ގުޅުން ހިންގުމުގެ ތުހުމަތުކުރެވި، އޭނަގެ މައްސަލަ ތަގުގީގުކޮށް އަބަދުދޭން ގިނަ ބަޔަކު ގޮވީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ.
ނަމަވެސް ޝިފާ ވަނީ ވީޑިއޯ އަކީ "ޑީޕް ފޭކެއް" ކަމަށް ބުނެފަ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ޝިފާ ފިލްމީ ދާއިރާ އަށް ނުކުތީ ޔޫފުސް ޝަފީއު ޔޫއްޕެ) ގެ 2018 ގެ "ދެވަންސޫރަ" އިންނެވެ. އޭގެ ފަހުން ފިލްމުތަކާއި ޓީވީ ޑްރަމާތަކާއި ވެބް ސީރީޒްތަކުގެ އިތުރުން ވީޑިއޯ ލަވަތަކެއް ވެސް ޝިފާ ކުޅެފައިވެ އެވެ.