Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

މާލޭގެ ގަރާޖެއް ރޯވުން: 31 މީހަކު ވަގުތީ ހިޔާތަކަށް 10

މާލޭގައި ރޭ ގަރާޖެއްގައި ރޯވި ނުރައްކާތެރި ހާދިސާއާ ގުޅިގެން މިހާރު 31 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި އެވެ.

މިކަމާ ބެހޭ ގޮތުން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އޭގެ ތެރޭގައި ހިމެނީ 18 ބިދޭސީއަކާއި 13 ދިވެހިން ކަމަށެވެ. މި މީހުންނަކީ ރޯވި މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖު ރޯވުމާ ގުޅިގެން އެ އިމާރާތާ ކައިރީގައި ހުރި އިމާރާތްތަކުގައި އުޅެމުން ދިޔަ މީހުންނެވެ.

ޑިޒާސްޓާ އިން ބުނީ ވަގުތީ ހިޔާތަކަށް ބަދަލުވި މީހުންގެ ތެރެއިން ގިނަ ދިވެހިން ބަދަލުވީ އެ މީހުންގެ އާއިލީ މީހުންގެ ގާތަށް ކަމަށެވެ. އަދި ބާކީ ތިބި މީހުން ގެސްޓު ހައުސްތަކަށް ބަދަލުކޮށްފައިވެ އެވެ.

ރޭ ދަންވަރު 12:30 އެހާކަށްހާ އިރު ގަރާޖުގައި ރޯވި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވެ އެވެ.