Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

އަލިފާނުގެ ހާދިސާ ސީރިއަސްކޮށް ބަލަނީ

ފޮޓޯ: ފަޔާޒް މޫސާ

ރޭގެ އަލިފާނުގެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރިގެންދިޔައިރު، މިހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގައި ފުރަތަމަ ފެނުނު ދެމީހުން އައިޖީއެމްއެޗްއަށް ފޮނުވާލި ކަމަށެވެ. އޭގެން އެކަކު ނިޔާވިއިރު، އަނެއްމީހާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި އިމާރާތުގެ ތެރެެއިން 9 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.