Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޖުމްހޫރީ ދުވަހުގެެ ޖަލްސާ ފަސްކޮށްފި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބޭއްވުމަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާކަމަށެވެ.

ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރިގެންދިޔައިރު، މިހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ މެޑެއްޔާއި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، އެއް ވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ދޭ ހާއްސަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.