ހުޅުމާލޭގައި ބާއްވާ ހަތަރު ވަނަ މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2022 ގައި ވާދަކުރަން އައްޑޫގެ އަށް އެތުލީޓަކު މިއަދު ފުރައިފި އެވެ.
އެ މުބާރާތަށް އައްޑޫގައި ކޮލިފައި ވަނީ ހަތަރު އެތުލީޓުންނަކީ މުބާރާތުގެ 100 މީޓަރުގައި ވާދަކުރާ މަރިޔަމް އަލްހާ ހުސައިނާއި 400 މީޓަރުގައި ވާދަކުރާ އައިމިނަތު ޒީވް އާމިރާއި 100 މީޓަރުގައި ވާދަކުރާ މަރިޔަމް އުލްޔާ ނަސީމާއި 100/2004400 މީޓަރުގައި ވާދަކުރާ ހައްވާ މުޒްނާ ފާއިޒާއި 200 މީޓަރުގައި ވާދަކުރާ ފާތުމަތު ދާނާ ސައީދާއި 200/400 ލޯންގް ޖަމްޕްގައި ވާދަކުރާ އާސިޔަތު އަދުވާ ރަޝީދާއި ލޯންގް ޗަމްޕްގައި ވާދަކުރާ އައިޝަތު ޝަމީން އަޒީޒުގެ އިތުރުން 3000 މީޓަރުގައި ވާދަކުރާ އައިޝަތު ނަފްހާ ނަޝީދެވެ.
މި އެތުލީޓުން ނިސްބަތް ވަނީ ހިތަދޫގެ ތިން ސްކޫލަކަށެވެ. އެއީ އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ އިތުރުން ހިތަދޫ ސްކޫލެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ "މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިކްސް 2022" ކުރިއަށް ދާނީ މާދަމާ އާއި ހޮނިހިރު ދުވަހު ހުޅުމާލޭގަ އެވެ.