Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން

އައްޑޫ މަރަދޫ ސްކޫލްގެ ޕްރިންސަިޕަލް ހަސަން ލަތީފު ސްކޫލްގެ އިވެންޓެއްގައި.

ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑޮއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެ ރަށަކަށް ނިސްބަތްވާ ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުން ކަމަށެވެ. އެހެންވެ އެ ގޮތަށް ހަމަޖެހިގެން ދިޔުމުގެ ސަބަބުން ރަށުގައި އޮންނަ އިޖުތިމާޢީ ގުޅުމުގެ ތެރެއިން ކުދިންގެ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަމާޒަށް މަސައްކަތްކުރި ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ތަމްރީން ލިބިފައިވާ ގާބިލު ދިވެހި ޕްރިންސިޕަލުން ނުލިބުންކަމަށް މިނިސްޓަރު ވިދާޅުވިއެ ވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައިއަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އަތޮޅުތެރޭގައި ސްކޫލްތަކުގައި މިހާރު ތިބި ބިދޭސީ ޕްރިންސިޕަލުންގެ ބަދަލުގައި 18 ދިވެހި ޕްރިންސިޕަލުން ސްކޫލްތަކާ އަލަށް ގުޅޭނެ އެވެ. މިއާއެކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން ނިންމީ މި ދައުރު ނިމެންވާ އިރަށް ހުރިހާ ސްކޫލްކަށް ވެސް ދިވެހި ޕްރިންސިޕަލުން ލާން. އެގޮތުން ސްކޮލަޝިޕް ސްކީމެއް ހަދައި އަށާރަ ބޭފުޅަކު މިހާރު ވެސް ތަމްރީންވަމުން އެބަދޭ ޕްރިންސިޕަލުންނަށް ވުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަންނަ އޭޕްރީލްގައި އެ ބޭފުޅުން ނިމިގެން އަންނާނެ."