Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ސަންޗޭސް އަށް ޕޯޗުގަލް ސްކޮޑުން ފުރުސަތެއް ނެތް

ވޯލްޑް ކަޕަށް ޕޯޗުގަލް އިން ނެގި ސްކޮޑުން ޕީއެސްޖީގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ބާކީކޮށްފި އެވެ.

ވޯލްޑް ކަޕަށް ޕޯޗުގަލް އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑު މިރޭ އިއުލާންކޮށްފައިވާއިރު ސްކޮޑުން ބާކީކުރި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ސަންޗޭސް އެވެ. މިދިޔަ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ އަށް ބަދަލުވި ސަންޗޭސް އަށް އެޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މިހާތަނަށް ކުޅެފައިވަނީ އެންމެ ދެ މެޗެވެ.

ސްކޮޑުން ސަންޗޭސް ބާކީކުރިއިރު ބެންފީކާގެ އުމުރުން 19 އަހަރުގެ ޑިފެންޑަރު އެންޓޯނިއޯ ސިލްވާ އަށް ސްކޮޑުން ވަނީ ޖާގަ ދީފަ އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ ގާނާ، ދެކުނު ކޮރެޔާ އަދި ކެެމަރޫންއާއެކު ގްރޫޕް އެޗްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ގާނާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި ޕޯޗުގަލްގެ 26 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ޑިއޯގޯ ކޮސްޓާ، ރުއީ ޕެޓްރީޝިއޯ، ހޯޒޭ ސާ

ޑިފެންޑަރުން: ޑިއޯގޯ ޑަލޮޓް، ޖައޯ ކަންސެލޯ، ރަފޭލް ގުރޭރޯ، އެންޓޯނިއޯ ސިލްވާ، ޕެޕޭ، ނޫނޯ މެންޑޭސް، ޑެނީލޯ ޕެރޭރާ، ރުބެން ޑިއާސް

މިޑްފީލްޑަރުން: ޖައޯ ޕަލީނިއާ، ރުބެން ނަވާސް، ބަނާޑޯ ސިލްވާ، ބްރޫނޯ ފަނާންޑޭސް، ޖާއޯ މާރިއޯ، މަތޭސް ނުނޭސް، އޮޓާވިއޯ، ވިޓީނިއާ، ވިލިއަމް ކަވާލޯ

ފޯވާޑުން: ކްރިސްޓިއާނޯ ރޮނާލްޑޯ، އަންދްރޭ ސިލްވާ، ރަފޭލް ލިއާއޯ، ގޮންކާލޯ ރާމޯސް، ޖައޯ ފެލިކްސް، ރިކާޑޯ ހޯޓާ