Last Updated: July 23, 16:49
Thursday, July 23, 2026
ކުޅިވަރު

ސްޓޭޑިއަމް ލައިޓް 27 ގައި ގެންނަނީ

ހިތަދޫ ޒޯން ސްޓޭޑިއަމް ޖެހުމަށް ލަންކާއިން ގެންނަ ލައިޓް މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ ގެންނާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހް ވިދާޅުވީ ހިތަދޫ ސްޓޭޑިއަމްގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ ލަންކާގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ހިލޭ އެހީގެ ދަށުން ހަރުކުރާ ލައިޓިން ސިސްޓަމެއް ކަމަށެވެ.

އަދި ޒޯން ސްޓޭޑިއަމްގައި ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ހާއްސަ ސާވޭ ޓީމެއް ގޮސް ބަލާފައިވާ ކަމަށެވެ. އަދި އެޓީމް އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 27 ގައި ލައިޓުތައް ހިފައިގެން ކަމަށެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ނިންމާ މިހާރު ކުރަމުންދަނީ ކުދި ކުދި މަސައްކަތްތަކެވެ. އެގޮތުން ދަނޑުގެ ވަށައިގެން ޖަހާފައި ހުރި ފެންސް މިހާރު އަންނަނީ ރަނގަޅު ކުރަމުންނެވެ.