Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެ އަށް

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ.

މިއީ ރާއްޖެ އިން މި އެވޯޑް ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. މިއީ ރާއްޖެ އަށް ޖެހިޖެހިގެން ތިން އަހަރު މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރުވެސް މެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބިފައިވަނީ އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓްގަ އެވެ.

މި އެވޯޑް ރާއްޖޭން ޖެހިޖެހިގެން ތިންވަނަ ފަހަރު ކާމިޔާބު ކުރިއިރު މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރުވެސް މެ އެވެ.

އެމްއެމްޕީއާރުސީން ބުނީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރާއިރު ތިންވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި އެވޯޑާއިއެކު، ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް އުޖާލާކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.