މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 12 މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.
ބްރާސްފަތި ދުވަހުގެ ރޭ ފުލުހުން ހުޅުމާލެ އަދި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ ހަތަރު އަންހެނަކާއި 8 ފިރިހެނެކެވެ. މީގެތެރޭގައި ފިލްމީ ތަރިންނާއި ޓިކްޓޮކްގައި އާންމުންގެ މަޝްހޫރުކަން ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 23 އަހަރުގެ ދެ ފިރިހެނުންގެ ބަންދަށް 30 ދުވަސް، 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް، 27 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 31 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް، 26 އަހަރުގެ އަންހެން މީހާގެ ބަންދަށް ހަތް ދުވަސް، 27 އަހަރުގެ އަންހެން މީހާގެ ބަންދަށް ތިން ދުވަސް، 34 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް، 36 އަހަރުގެ ފިރިހެނެއްގެ ބަންދަށް 5 ދުވަސް، 37 އަހަރުގެ އަންހެނެއްގެ ބަންދަށް 30 ދުވަސް އަދި 38 އަހަރުގެ ފިރިހެނެއްގެ ބަންދަށް 30 ދުވަހެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.