Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ބިޕާޝާ އަށް ވެސް އަންހެން ކުއްޖެއް

ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ އަށް މިއަދު އަންހެން ކުއްޖަކު ވިހައިފި އެވެ.

މިއަދު ވިހެއުމުގެ ކުރިން އޭނާ ނަށާ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 43 އަހަރުގެ ބަތަލާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ބިޕާޝާ އަށް ކުއްޖަކު ލިބިފައި މި ވަނީ ކައިވެނިކުރިތާ ހަ އަހަރު ފަހުންނެވެ. އޭނަ އާއި އެކްޓަރު ކަރަން ސިންގް ގްރޯވާ ކައިވެނުކުރީ 2016 ގަ އެވެ. ދެ މީހުން ރައްޓެހިވީ އެކީގައި ކުޅުނު 2015 ގެ ފިލްމު "އެލޯން" ގެ ސެޓުންނެވެ.

ބިޕާޝާއާ ކައިވެނިކުރުމުގެ ކުރިން ކަރަން ޓީވީގެ ދެ ބަތަލާއަކާ ކައިވެނިކުރި އެވެ. އެގޮތުން އޭނަ އާއި ޖެނިފާ ވިންގެޓް 2012 ގައި ކުރި ކައިވެނި ރޫޅާލީ 2014 ގަ އެވެ. އޭގެ ކުރިން ކަރަން ކައިވެނިކުރީ ބަތަލާ ޝްރަދާ ނިގާމްއާ އެވެ. ދެހާސް އަށެއްގައި ކުރި އެ ކައިވެނި ރޫޅުނީ ޖެހިގެން އައި އަހަރު އެވެ.

ބިޕާޝާ ވިހެމާ ގުޅިގެން ސޯޝަލް މީޑިއާގައި ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.