Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޝިމާޒްގެ ސައިކަލަށް ގެއްލުން ދީފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ އަލީ ސައިކަލަށް ގެއްލުން ދީފި އެވެ.

ސައިކަލުގެ މަޑި ކަފާލާފައިވާ މަންޒަރު ފެންނަ ފޮޓޯއަކާއި އިންޒާރުތަކެއް ދީފައިވާ ވަޓްސްއެެޕް މެސެޖްތަކެއްގެ ސްކްރީންޝޮޓަކާ އެކީ އޭނާ ޓްވިޓާގައި ވިދާޅުވީ ދޮގު ތުހުމަތު އަޅުވާފައި، ސައިކަލު ހަލާކޮށްފައި މިހާރު އިންޒާރު ވެސް ދެނީ ކަމަށެވެ.

"އިންޒާރުގެ މެސެޖް ފޮނުވާފައި އެވަރުން ނުވެގެން މިހާރު އާއިލާ އަށް ގުޅައި އިންޒާރު ދޭން ފެށީ ކޮން ކަމެއް ނުވެގެންބާ؟" ޕޮލިސް ޓެގްކުރައްވައި ޝިމާޒް ވިދާޅުވި އެވެ.

އޭނަ އަަކީ ގަވައިދާ ހިލާފަށް ވެހިކަލުތަކެއްގެ ރަޖިސްޓްރީކޮށް ދިން ކަމަށް ބުނާ މައްސަލަތަކަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަގާމުން ވަކިކޮށް ދޭން އެދިވަޑައިެގެންފައިވާ މީހެކެވެ.

މިކަމާ ގުޅިގެން ޝިމާޒް ނިސްބަތްވާ އެމްއާރްއެމުން ބުނެފައި ވަނީ އޭނަ އަށް ފިޔަވަޅެއް އަޅަން ވާނީ މައްސަލައިގެ ފުރިހަަމަ ތަހުގީގެއް ހިންގުމަށް ފަހު ކަމަށެވެ.