Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކަސްޓަމްސް އިން ޝާހްރުކް ހިފަހައްޓައިފި!

ގައުމުން ބޭރަށް ކުރި ދަތުރަކަށް ފަހު ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން މުމްބާއީ އަށް ރޭ ދިއުމާ އެކީ މުމްބާއީ އެއާޕޯޓުން އޭނާ ހިފަހެއްޓި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ ޝާހްރުކް ހިފަހެއްޓީ އޭނަގެ ލަގެޖުން ވަރަށް އަަގުބޮޑު ގަޑިތަކެއް ފެނިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ ހިފަހައްޓައި ފަހުން ދޫކޮށްލީ ކަސްޓަމް ޑިއުޓީ އަށް 6.83 ލައްކަ ރުޕީސް ދެއްކުމުން ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

ޝާހްރުކް ރޭ ޕްރައިވެޓް ޖެޓެއްގައި މުމްބާއީ އަށް އެނބުރި ދިޔައީ ޝާރްޖާ އިންޓަނޭޝަނަލް ބުކްފެއާގައި ބައިވެރިވުމަށް ފަހު އެވެ. އެ ފެއާގައި އޭނަ އަށް ގްލޯބަލް އައިކަން އޮފް ސިނެމާގެ އެވޯޑް ދީފައިވެ އެވެ.