އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކުރިން އިތުރު ދެ ދަތުރުފުޅު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އައްޑޫ ސިޓީ އަށް ކުރައްވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އައްޑޫއަށް މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 އާއި ހަމައަށް ޔާމީން ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގެންފައެވެ. އަދި މި އަވަށްތަކުގައި އެކި އުމުރުފުރާތަކުގެ މީހުންނާއި އަދި އެކި މަސައްކަތް ކުރާ ފަރާތްތަކާއި، ޕީޕީއެމް އަދި އެހެނިހެން ފިކުރުތަކަށް ތާޢިދު ކުރާ މީހުންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
Raees Yameen Addu City ah kuravvaa dhathurufulhugai Kalhubilamahu masverikamuga adhi sports fishing ga ulhuvva masveringe team akaa badhdhal kurevvun #RY2023 #AfirinYameen pic.twitter.com/lvibAqSxsF
— Progressive Party of Maldives (@ProgressPartyMV) November 9, 2022
ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ޕީޕީއެމް، ޕީއެންސީގެ ތަރުޖަމާނު، ހީނާ ވަލީދު "އައްޑޫލައިވް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫން ޔާމީނަށް ކިޔާފައިވަނީ އުއްމީދު ކުރިވަރަށް ވުރެއް ހޫނު މަރުހަބާއެއް ކަމަށެވެ. އަދި ޔާމީނާއި ގިނަ ބަޔަކު ބައްދަލު ކުރަންވެސް އެދި ލެއްވި ކަމަށާއި، ވަގުތު ތަން ދިން މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރީން އައްޑޫއަށް އިތުރު ދެ ދަތުރުފުޅު ޔާމީން ކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
އައްޑޫއަށް ރައީސް ޔަމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ 3 ސަރަހައްދެއްގައި ބޮޑު ޖަލްސާއެއް ބާއްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހު ފޭދޫގައި ބޮޑު ޖަލްސާ ބޭއްވިއިރު، 7 ވަނަ ދުވަހު ހިތަދޫހައި ޖަލްސާއެއް ވަނީ ބާއްވާފައެވެ. އަދި އޭގެ ފަހުން ހުޅުމީދޫން އަށް ވަޑައިގެން އެ ރަށުގައިވެސް ޖަލްސާއެއް ވަނީ ބާއްވާފައެވެ.
Raees Yameen Addu city ah kuravvaa dhathurufulhugai Hithadhoo baeh zuvaanunna badhal kurevvun #RY2023 #AfirinYameen pic.twitter.com/owXMoM87Ka
— Progressive Party of Maldives (@ProgressPartyMV) November 8, 2022
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައީސް ޔާމީނާއި ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާއިރު، އެމަނިކުފާނު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން، މިހާރު ސަރުކާރުން ހިންގަމުންދާ މަޝްރޫޢޫތައް ލަސްކަމާއި ކޮލިޓީ ދަށްކަމަށް ރައްޔިތުންގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ގަމުގެ ވައިގެ ބަނދަރަށް ބޭރުގެ ފްލައިޓުތައް ނައުމާއި، އަދި ބޯހިޔާވަހިކަމާއި ގުޅޭގޮތުންވެސް ރައްޔިތުންގެ ޝަކުވާތައް ހުރި ކަމަށް ހީނާ ވިދާޅުވިއެވެ.
MDP dhookoh PPM ah Hithadhoo in alah gulhunu zuvaanun. Marhabaa#RY2023 pic.twitter.com/B49pKTl510
— Progressive Party of Maldives (@ProgressPartyMV) November 7, 2022
މީގެ އިތުރުން މިހާރު ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ގްރޫޕްތަކުންވެސް ޔާމީނާއި ބައްދަލުކޮށް ސަރުކާރުގެ މަސައްކަތްތަކާއި މެދު ހިތްހަމަ ނުޖެހުން ހިއްސާ ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.